ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާ ބެހޭގޮތުން ސަރުކާރުން އެއްޗެއް ބުނާނީ ތަހުގީގު ނިމުމުން: ތަރުޖަމާނު

ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާއާއި ގުޅޭގޮތުން ސަރުކާރުން ރަސްމީބަހެއް ހާމަކުރރެވޭނީ ތަހުގީގު ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ. ތަރުޖަމާނު ...

28 Sep 2015 | 16:34

ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާއާއި ގުޅޭގޮތުން ސަރުކާރުން ރަސްމީބަހެއް ހާމަކުރރެވޭނީ ތަހުގީގު ނިމުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/SpokespersonMV/status/648532319867834368

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް މިއަދު ވަނީ ސީއެންއެންއަށް މި ހާދިސާއާއި ގުޅޭގޮތުން އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ "މެކޭނިކަލް ފެއިލިއާއަކުން ކަމަށްވުމަކީ ނާދިރު" ކަމެއް ކަމަށެވެ.

މިއަދުގެ އެ ހާދިސާގައި ރައީސް ޔާމީންގެ ހަށިކޮޅަށް އަނިޔާއެއް ނުލިބުނު އެމަނިކުފާނުގެ އަނބިކަނބަލުންގެ މައިބަދައިން ހަތަރުތަނެއްގައި ރެނދުލާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މިހާދިސާގައި ރައީސްގެ ބޮޑީގާޑާއި ރައީސް އޮފީހުގެ ސެކްރެޓަރީއަކު ޒަހަމްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް