މާސްގައި ފެން ވާކަން ނާސާއިން ކަށަވަރު ކޮށްދީފި

މާސްގައި ފެންވާކަން ކަށަވަރު ކޮށްދީ މާސްގައި ދިރުންވެދާނެ ކަމުގެ އުންމީދު ނާސާއިން އާކޮށްދީފިއެވެ. ނާސާއިން މިކަން ކަށަވަރު ކޮށްދިނީ މިރޭ ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައެވެ. މާސްގައި ފެންވާކަން ހޯދަ...

28 Sep 2015 | 16:11

މާސްގައި ފެންވާކަން ކަށަވަރު ކޮށްދީ މާސްގައި ދިރުންވެދާނެ ކަމުގެ އުންމީދު ނާސާއިން އާކޮށްދީފިއެވެ. ނާސާއިން މިކަން ކަށަވަރު ކޮށްދިނީ މިރޭ ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައެވެ.

މާސްގައި ފެންވާކަން ހޯދައިފައިވަނީ ނާސާއާއި އެމެރިކާގެ ގިނަ ޔުނިވާސިޓީތަކެއް އެކުވެގެން ހެދި ރިސާޗަކުންއެވެ. މިރިސާޗު ހަދާފައިވަނީ ނާސާގެ ބިމުން ފެންނަ އަނދިރިކޮށް ދިގުކޮށް ހިމަކޮށް ހުންނަ ރޮނގުތަކަކަށެވެ. މިރޮނގު ތަކަށް ކިޔާ އުޅެނީ "ރިއޮކަރިން ސްލޯޕް ލައިނޭ" އެވެ. މި ރިސާޗުގައި ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިރޮނގުތަށް މާސްގެ ހޫނު މޫސުމުގައި ފެނިފައި އަދި ބޮޑުވެއެވެ. އަދި މިހެން ވަނީ މާސް ގެ ބިމުގައި ފެންދައުރުމުންކަމުގައިވެސް ނާސާގެ ސައިންޓިސްޓުން ވަނީ ބުނެފައެވެ.

ޔުނިވާރސިޓީ އޮފް އެރިޒޯނާގެ ޕްލެނެޓާރީ ޖިއޮލޮޖީ ޕްރޮފެސާއެއްކަމުގައިވާ އަލްފްރެޑް މެކްއިވެން އަލް ޖަޒީރާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފެނަކީ ދިރުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި ދުނިޔޭގެ ދިރުން ވާ ކޮންމެ ތަނެއްގައި ފެން ވިކަމުގައިވިޔަސް މާސްގައި ފެންހުރިކަމުގައިވިޔަސް ދިރުން ނުހުރެދާނެ ކަމަށެވެ. ކޮންމެއަކަސް މާސްގައި ދިރުން ވާކަން ކަށަވަރު ނުވިކަމުގައިވިނަމަވެސަ މި ހޯދުމާއެކު މާސް ގައި ދިރުން ވެދާނެ ކަމުގެ އުންމީދު މިވަނީ އާވެފައެވެ. އަދި މިއީ ސައިންސްގެ ދާއިރާގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު އެއްހޯދުމެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް