ފަރުމަތީގައި މޮޅަށްކުޅެ ނިއުރޭޑިއަންޓް ކީޕަރު ޔަމާންގެ މޮޅު ސޭވެއް!

ސުރުހީގައި ފަރުމަތީގައޭ ބުނުމުން ސުވާލު އުފެދިދާނެ އެވެ. އޮޅުމަކުން ލިޔެފައިވާ ސުރުހީއެއް ކަމަށްވެސް ހީކުރެވި ދާނެ އެވެ. އެހެންނަމަވެސް ލިޔެފައި އެއޮތީ ހަމަ ރަނގަޅަށެވެ. ނިއުރޭޑިއަންޓްގެ ކީޕަރު ޔަމާން...

28 Sep 2015 | 15:43

ސުރުހީގައި ފަރުމަތީގައޭ ބުނުމުން ސުވާލު އުފެދިދާނެ އެވެ. އޮޅުމަކުން ލިޔެފައިވާ ސުރުހީއެއް ކަމަށްވެސް ހީކުރެވި ދާނެ އެވެ. އެހެންނަމަވެސް ލިޔެފައި އެއޮތީ ހަމަ ރަނގަޅަށެވެ.

ނިއުރޭޑިއަންޓްގެ ކީޕަރު ޔަމާން މޮޅަށްކުޅެ ސަތޭކައިގެ މޮޅު ސޭވެއް ކޮށްފައިމިވަނީ ފަރުމަތީގައި މޮޅަށް ކުޅެގެންނެވެ. ދަލެއްގައި ޖެހި ގޮތް ހުސްވެފައި އޮތް ވެލައެއް "ސޭވް" ކޮށްގެންނެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ އައްޑުއަށް ނިއުރޭޑިއަންޓުން އައްޑުއަށްކުރި ދަތުރުގައި އައްޑޫ ފަރުމަތީގައި ޖަހާފައިވާ ދަލެއްގައި ޖެހިފައި އޮތް ވެލައެއް ސަލާމަތް ކުރުމުގެ މަސައްކަތް ކީޕަރު ޔަމާން ކުރާ މަންޒަރެވެ.

What a save? Keeper Yamaan helped a turtle caught in a net to find it's way back into the ocean. Well played! Posted by New Radiant Sports Club on Monday, September 28, 2015

"ދަމާފަ އޮތް ދަލެއްގަ ވެލައެއް ޖެހިފަ އޮވެގެން ސަލާމަތްކުރަންވެގެން ހަމަ ހުރިގޮތަށް މިއެރެނީ، ނިއުރޭޑިއަންޓް އައްޑުއަށް ކޮށްގެން އުޅޭ ދަތުރުގެ ތެރެއިން" އެ ވީޑިއޯގައި ޔަމާން ބުނެ އެވެ.

ދަލުގައި ވެލާ ޖެހި ފުދޭވަރަކަށް ބޮޑަށް ދަލުގެ ބައެއް ވެލާގައި އޮޅިފައިވާކަން ވީޑިއޯއިން ފެންނަ މަންޒަރުތަކުން ފެނެ އެވެ. ޔަމާން ކުރާ ކަމަކީ އެ ދަލުން ވެލާ "ސޭވް"ކޮށް މޫދުގެ ފުން ދިމާލަކަށް ވެލާ ދޫކޮށްލުމެވެ.

ޔަމާންގެ އެ މަސައްކަތަކީ ދިވެހި ފަރުދެއްގެ ހައިސިއްޔަތުން ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ މޮޅު އެއް "ސޭވް" ކަމަށްވާއިރު ކީޕަރު ޔަމާން އަށް ހޫނު މަރުހަބާއަކާއި އައްސަރިބަހާއި ސާބަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް