ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާއާމެދު ޕީޕީއެމްގެ ފޮނަދޫ ގޮފިތަކުން ކަންބޮޑުވުން ފާޅުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތްތަނުން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި، ހިނގި ހިތާމަވެރި ހާދިސާއާއި މެދު ކަންބޮޑުވުން ފ...

28 Sep 2015 | 14:35

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތްތަނުން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި، ހިނގި ހިތާމަވެރި ހާދިސާއާއި މެދު ކަންބޮޑުވުން ފާޅުކޮށް ލ.ފޮނަދުއަށް ނިސްބަތްވާ ޕީޕީއެމްގެ ގޮފިތަކުން ބަޔާން ނެރެފި އެވެ.

އެ ގޮތުން މިހާތަނަށް ތިން ގޮތްޕަކުން ވަނީ ބަޔާން ނެރެފަ އެވެ. ބަޔާން ނެރެފައިވާ ގޮފިތަކަކީ އަރުތަ ގޮތްޕާއި ޢާޒީ ގޮތްޕާއި އަސުރުމާ ގޮތްޕާއި ސިރާޖުއްދީން ގޮފިންނެވެ.

އަރުތަ ގޮފިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ހާދިސާގެ ވާހަކަ އަޑުއެހީ ކުއްލި ސިހުމަކާއި ހިތާމައާއި އެކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ދުޢާއަކީ މެޑަމް ފާތުން، އަދި މި ހާދިސާގައި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝީފާއެއް މާތް ﷲ މިންވަރު ކުރެއްވުން، އަދި ރައީގެ އާއިލާއި އެންމެހާ ލޮބުވެތި ދިވެހިން ސަލާމަތްކަމާއި އަމާންކަންމަތީ ލެހެއްޓެވުން" ފޮނަދޫ އަރުތަ ގޮފީގެ ބަޔާނުގައި ވެ އެވެ.

ޢާޒީ ގޮފީގެ ބަޔާނުގައި ބުނެފައިވަނީ އެ ހާދިސާގައި މެޑަމް ފާތުން އަށާއި އަރިހުގައި ދަތުރުކުރެއްވި ބޭފުޅުންނަށް ލިބުނު އަނިޔާގެ ވާހަކަ އަޑުއެހީ ކުއްލި ސިހުމާއި ފުން ހިތާމައާއި އެކުގައި ކަމަށެވެ.

އަސުރުމާ ގޮތްޕާއި ސިރާޖުއްދީން ގޮފީގެ ބަޔާނުގައި ބުނެފައިވަނީ މެޑަމް ފާތުން އާއި އެކުގައި ދަތުރުކުރެއްވި ބައެއް ބޭފުޅުންނަށް އެކިވަރުގެ އަނިޔާވެފައިވާތީ، އެކަމާ ގޮފިން ކަންބޮޑުވެ ހިތާމަކުރާ ކަމަށާއި ދުޢާއަކީ މެޑަމް ފާތުން އާއި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ﷲ އަވަސް ޝިފާއެއް މިންވަރު ކުރެއްވުން ކަމަށެވެ.

"މި ހިނގާ ދިޔަ ނުރައްކާތެރި ޙާދިސާގެ ސަބަބުން މި ގޮފީގެ މެމްބަރުންނަށް ވަނީ ވަރަށް ބޮޑު ކަންބޮޑުވުމާއި ނުތަނަވަސްކަން ލިބިފައި، އަދި މިކަން ހިނގަން ދިމާވި ސަބަބެއް ބައްލަވާ އެކަމުގެ އަވަސް ތަހުގީގެއް ހިންގަވާ، ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް މި ގޮފިން ގޮވާލަން" ފޮނަދޫ އަސުރުމާ ގޮފި އަދި ސިރާޖުއްދީން ގޮފީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުމެއް ނުލިބުނު ނަމަވެސް މެޑަމް ފާތުންގެ މައިބަދައިން ހަތަރު ތަނެއްގައި ރެނދު ލާފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. ރައީސްގެ ބޮޑީގާޑަކަށާއި ރައީސް އޮފީހުގެ ސެކްރެޓަރީއަކަށްވެސް މި ހާދިސާގައި އަނިޔާވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް