ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާ ބޮޑަށް ބެލެވެނީ [ރައީސް] އަވަހާރަކޮށްލަން ދިން ހަމަލާއެއް ގޮތުގައި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ސީއެންއެން އަށް ދެއްވާފައިވާ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު ވިދާޅުވަފައިވަނީ މެކޭނިކަލް މައްސަލައެއް ދިމާވުމަކީ ވަރަށް ނާދިރު ކަމައް ކަމަށާއި ދުރާލާ ރޭވިގެން ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ރައީސް ޔާމީންގެ ހަށިކޮޅަށް އެއްވެސް އަނިޔާއެއް ނުލިބުނު ނަމަވެސް އެމަނިކުފާނުގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނަކުން ރެނދުލާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އަދި މި ހާދިސާގައި ރައީސް ޔާމީންގެ ބޮޑީގާޑް އަކަށާއި ރައީސް އޮފީހުގެ ސެކިއުރިޓީއަކަށް ވަނީ އަނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް