ރައީސް އާއި އާއިލާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕީޕީއެމް އިން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އިން ގޮވާލައިފި އެވެ. އެ ޕާޓީން މިކަމަށް ގޮޥާލާފައިވަނީ...

28 Sep 2015 | 12:14

ރައީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިކަމަށް ގޮޥާލާފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި މިއަދު ހިނގި ހާދިސާއާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހާދިސާ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހިންގެ މައްޗަށް ވާޖިބެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ޕީޕީއެމުން ވަނީ ގޮވާލާފައި ވެ އެވެ.

މިއަދުގެ ހާދިސާއާ ގުޅިގެން ޕާޓީގެ މެންބަރުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ. މީގެ އިތުރުން ހާދިސާގައި އަނިޔާވި މެޑަމް ފާތުންއާއި އެހެންވެސް ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް