މީހެއްގެ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށްބުނެ ބިރުދައްކައިގެން، ބަދުއަޚުލާޤީ ޢަމަލު ހިންގަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
މިމަހުގެ 23 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ
ފުލުހުން ބުނީ ބިރުދައްކައި ބުލެކްމެއިލް ކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ތަޙުޤީޤު ޓީމުން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން މިއަދު 14:30 ހާއިރު މާލޭގައި ހުރި ގެސްޓް ހައުސްއަކުން ކަމަށެވެ.
މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް