ހުޅުމާލެއަށް ކަރަންޓު ދެމުންދިޔަ އިންޖިނެއްގައި ރޯކޮށްލައިފި

ހުޅުމާލޭއަށް ކަރަންޓު ދެމުންދިޔަ އިންޖީނަކަށް ޕެޓްރޯލްޖަހައި އެ އިންޖީނުގައި ރޯކޮށްލައިފި އެވެ. މި ކަން ހިންގާފައިވަނީ ރޭ ގެ ވަގުތެއްގަ އެވެ. މި ކަމުގެ ސަބަބުން އިންޖީނު ވަރަށް ބޮޑަށް ހަލާކުވެފައި ވާއ...

28 Sep 2015 | 06:11

ހުޅުމާލޭއަށް ކަރަންޓު ދެމުންދިޔަ އިންޖީނަކަށް ޕެޓްރޯލްޖަހައި އެ އިންޖީނުގައި ރޯކޮށްލައިފި އެވެ.

މި ކަން ހިންގާފައިވަނީ ރޭ ގެ ވަގުތެއްގަ އެވެ. މި ކަމުގެ ސަބަބުން އިންޖީނު ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު މި ކަން ހިންގާފައިވަނީ ރޭ ދަންވަރު 3:35 ހާއިރު އެވެ.

.މައުލޫމާތު ލިބިފައިވާގޮތުގައި ޕެޓްރޯލް ފުޅި އެއްލައިލާފައިވަނީ މަގުމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ޖާލި ދޮރުފަތެއް މަތާލައިގެންނެވެ. އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވެ، އެ އިންޖީނު ގޭގައި ތިބި މުވައްޒަފުން ވަނީ ހުޅުގަނޑު ނިއްވާލާފައެވެ.

މި ހާދިސާއާއި ގުޅިގެން ސެޓްލްކޯއިން ބުނީ އިންޖީނު ހަލާކުވެފައިވުމުން މިއަދު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. އަދި މިހާރު ވެސް ސިނާއީ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް