ކަނޑުމައްޗަށް ހުއްޓުނު ބޯޓެއްގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

ފ. ބިލެއްދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ކަނޑުމައްޗަށް ހުއްޓުމުން އެ ބޯޓުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އ...

28 Sep 2015 | 02:16

ފ. ބިލެއްދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ކަނޑުމައްޗަށް ހުއްޓުމުން އެ ބޯޓުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޯޓު ކަނޑުމައްޗަށް ހުއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ފަތިހު 5:45 ހާއިރު ކަމަށާއި މިހާރު އެ ބޯޓުން ދަތުރު ކުރި މީހުން މާލެ ގެނައުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށެވެ.

ބިލެއްދޫއިން މާލެ ދަތުރު ކުރަނިކޮށް ކަނޑުމައްޗަށް ހުއްޓިފައިވަނީ "މިންވަރު" ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓުން ދަތުރު ކުރި މީހުން އަދަދު ސާފުވާގޮތް އަދި ވަނީ ނުވެފަ އެވެ.

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް