ގެންނަން އުޅުނު ބަޣާވާތުގެ ތަހުޤީޤު ފަށައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްވެސް ފަށައިފި

ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ހިމެނޭހެން ގެންނަން އުޅުނު ކަމަށް ބުނާ ބަޣާވާތާއި ގުޅޭ ތަހުގީގު ފަށައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވ...

28 Aug 2024 | 08:57

ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް ހިމެނޭހެން ގެންނަން އުޅުނު ކަމަށް ބުނާ ބަޣާވާތާއި ގުޅޭ ތަހުގީގު ފަށައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ހޯމަދުވަހު ފުލުހުން ނެރުނު ނޫސްބަޔާނާއި ގުޅުންހުރި އިތުރު ބައެއް މައުލޫމާތު މިއަދު ހުސްކުރަމުންނެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިން ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ، މިކަމަކީ ޤާނޫނީ ސަރުކާރެއް ޣައިރި ޤާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގުކުރަން ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް