ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަކީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއް ކަމާމެދު މިހާރު ޝައްކު: އަބްދުއްރަހީމް

މީގެ އަށް އަހަރު ކުރިން، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއަކީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއްކަމާމެދު މިހާރު ޝައްކު އުފެދޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރަ...

28 Aug 2024 | 05:53

މީގެ އަށް އަހަރު ކުރިން، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއަކީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެއްކަމާމެދު މިހާރު ޝައްކު އުފެދޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރޭގައި ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ފިނިފެންމާ ލޯންޗު ގޮވުމުން ލޯންޗުން ބޭރަށް ނިކުންނެވިއިރު ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ރައީސް ޔާމީނަށް ފެނިގެން، އެކަން ކުރި މީހަކީ އެއީ ކަމުގައި ރައީސް ޔާމީން ވިދާޅުވިއިރު އެމީހަކީ އޭރު އެމްއެންޑީއެފްގެ ކެޕްޓަންގެ ރޭންކުގައި ހުރި ހުސެއިން ފަޔާޒް (ޕާޕާ) ކަމުގައިވާއިރު މިހާރު ރައީސް ޔާމީންގެ އެންމެ ގާތް އެކަކީ އެއީ ކަމަށެވެ.

އަދި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ޕޮލިސް ކޮމިޝަނަރުކަމުގައި ހުންނެވިއިރު އިންޓެލިޖެންސް ރިޕޯޓު ނުފޮނުވާތާ ހަ މަސްވިކަމަށް ރައީސް ޔާމީން ވިދާޅުވިއިރު މިއަދު ރައީސް ޔާމީންގެ އަރިހުން ފެންނަ ދެވަނަ ފަރާތަކީ ހުސެއިން ވަހީދުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

މިކަންކަމަށް ރިއާޔަތްކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެހެންކަމުން އެ ހާދިސާއަކީ ރައީސް ޔާމީން އޭރު ކުޅުއްވި ޑްރާމާއެއްކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް