ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރައްވައިފި ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 22.97 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 710 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރަށް 300 މީޓަރުގެ ރިވެޓްމެންޓް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރަށް، 670 މީޓަރުގެ ސަަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، މިހާރު ހުރި ރަށުގައި 270 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 157.33 މިލިއަން ރުފިޔާގެ އަގެއްގައި ނިމިދިޔަ ޖޫން 1 ގައި އެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަވާލުކުރެވިފައިވާ މުއްދަތަކީ 450 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް