ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތ. ގާދިއްފުއްޓާއި، އެ އަތޮޅު މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. ރައިސުލްޖުމްހޫރިއ...

28 Aug 2023 | 14:20

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތ. ގާދިއްފުއްޓާއި، އެ އަތޮޅު މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނާ ގޮތުގައި މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު ވަނީ، ތ. ގާދިއްފުށީ ފެނާއި ނަރުދަމާގެ ނިޒާމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ. އަދި އެރަށުގެ ފެނަކަ އައު އޮފީސް ޢިމާރާތްވެސް ހުޅުއްވައި ދެއްވާފައި ކަމަށް އެ އޮފީހުން ބުނެއެވެ.

އެގޮތުން ގާދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ގެތަކަށާއި މުއައްސަސާތަކަށް ފެނާ ނަރުދަމާގެ ކަނެކްޝަންތައް މިހާރު ވަނީ ގުޅައިދީފައިކަންވެސް އެ އޮފީހުން ހާމަކުރަވައެވެ.

މީގެ އިތުރަށް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 500 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 15 މީޓަރު ސަރަހައްދެއްގައި ގްރޮއިން ވަނީ ޖަހާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ހަމައެފަދައިން އެ ފެނަކަ އައު އޮފީހަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޒަމާނީ އޮފީސް ޢިމާރާތެއް ކަމަށް އެ އޮފީހުން ބުނެއެވެ.

ހަމައެއާއެކު ރައީސް މިއަދު ހުޅުއްވައިދެއްވި، ތ. މަޑިފުށީ ވޮލީކޯޓަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ވޮލީ ކޯޓެކެވެ. މިވޮލީކޯޓު އެޅުމުގެ މަސައްކަތްކޮށްފައި ވަނީ، ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ފާހަގަކުރުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް