ޝަހީދު ހުސައިން އާދަމްގެ ބައްޕާފުޅު ނިޔާވެއްޖެ

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް  ނިޔާވެއްޖެއެވެ. https://twitter.com/MMuizzu/status/1696092180291731550 މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދަމް މުސްކުޅި ބަލީ...

28 Aug 2023 | 09:46

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް  ނިޔާވެއްޖެއެވެ.

https://twitter.com/MMuizzu/status/1696092180291731550

މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދަމް މުސްކުޅި ބަލީގައި ޑޮކްޓަރަށް ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ނިޔާވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮޑެވެ.

އާދަމް ނިޔާވިއިރު އުމުރުފުޅަކީ 89 އަހަރުފުޅެވެ.

ކޯޕްރަލް ހުސައިން އާދަމް ޝަހީދު ވީ1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ތަމަޅަ ޓައިގަރުން ދިން އުދުވާނީ ހަމަލާތަކުން ގައުމު ދިފާއު ކުރުމަށް ހަމަލާ ބަދަލު ކުރަމުން ދަނިކޮށެވެ.

ޝަހީދުވި އިރު އޭނާ ހުރީ ސިފައިންގެ މައި އިދާރާ ބަންޑާރަ ކޮށީގެ ގޭޓު ސެކިއުރިޓި ބަލަހައްޓާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް