ޒިމްބާބްވޭގެ ރައީސް ނަންގަގްވާ ދެވަނަ ދައުރެއް ކާމިޔާބުކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން މި ނަތީޖާ ބަލައެއްނުގަންނަ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނެފިއެވެ.
ޒިމްބާބުވޭ ގެ އިލެކްޓޯރަލް ކޮމިޝަން (ޒެޑްއީސީ) އިން ހޮނިހިރު ދުވަހުގެ ރޭ އިއުލާނުކުރި ރަސްމީ ނަތީޖާދައްކާ ގޮތުން ނަންގަގްވާ އަށް 52.6 ޕަސެންޓް ވޯޓު ލިބުނުއިރު، އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ނެލްސަން ޗަމީސާއަށް ލިބިފައިވަނީ 44 އިންސައްތަ ވޯޓެވެ.
ޒެކްގެ ޗެއާވުމަން ޖަސްޓިސް ޗިގުމްބާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޒަނޫ-ޕީއެފް ޕާޓީގެ ނަންގަގްވާ އެމާސަން ޑަމްބުޑްޒޯ އަކީ ރިޕަބްލިކް އޮފް ޒިމްބާބުވޭގެ ރައީސް ކަމަށް ފުރިހަމައަށް އިންތިހާބުވެފައިވާ ބޭފުޅެއް ކަމަށެވެ.
އިންތިޚާބު ލަސްވެ، އިދިކޮޅު ފަރާތްތަކުން އޮޅުވާލުމާއި، ގިނަބައެއްގެ ވޯޓް ބާތިލްކުރި ކަމުގެ ތުހުމަތުތައް ހޫނުވި ނަމަވެސް، ވެރިކަން ކުރާ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން މަދު ބަޔަކު ހޮނިހިރު ދުވަހު ވަނީ މި ނަތީޖާ ފާހަގަކޮށް އުފާވެރިކަން ފާޅު ކޮށްފައެވެ.
ނަމަވެސް ޗަމިސާގެ ސިޓިޒަންސް ކޯލިޝަން ފޯ ޗޭންޖް (ސީސީސީ)ގެ ތަރުޖަމާނު ޕްރޮމިސް މްކްވަނަންޒީ ވިދާޅުވީ އެ ޕާޓީން ފައިނަލް ޓެލީގައި ސޮއިކޮށްފައި ނުވާ ކަމަށާއި އެއީ ދޮގެއް ކަމަށެވެ.
"ނަތީޖާ ބަލައިނުގަނެވޭނެ،"! އޭއެފްޕީ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. އަދި އެ ޕާޓީން ދެން އަޅާނެ ފިޔަވަޅުތަށްވެސް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެނޭ ވިދާޅުވިއެވެ.
އެފްރިކާގެ ދެކުނުގެ އެކި ކަންކޮޅުތަކުގައި މި ވޯޓް ސިފަކުރަމުން ދިޔައީ އިގްތިސާދު ގެއްލުވާލުމާއި، ވެރިކަމުގެ ދަހިވެރި ކަމުގެ ތުހުމަތުތަކުގެ ސަބަބުން 43 އަހަރުގެ ވެރިކަން ހީނަރުވެފައިވާ ނަންގަގްވާގެ ޒަނޫ-ޕީއެފްއަށް ތާއީދު ކުރުމުގެ އިމްތިހާނެއްގެ ގޮތުގައި ބަލަމުން ދިޔަ ވޯޓެއްގެ ގޮތުގައެވެ.
ބޭރުގެ ޕޯލް މޮނިޓަރުން ހުކުރު ދުވަހު ބުނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން އިންތިހާބު ފެއިލްވެފައިވާ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޮބްޒާވަރ މިޝަންގެ އިސްވެރިޔާ ހުކުރު ދުވަހު ވިދާޅުވީ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ބިރުވެރި މާހައުލެއްގައި ކަމަށެވެ. ދެކުނު އެފްރިކާގެ ސަރަހައްދީ ބްލޮކް އެސްއޭޑީސީގެ މިޝަންގައި ވަނީ ވޯޓުލުން ލަސްވުމާއި ވޯޓާސް ލިސްޓުގައި ހުރި މައްސަލަތަކާއި އިދިކޮޅު އެއްވުންތައް ބޭއްވުން މަނާކުރުމާއި ދައުލަތުގެ މީޑިއާކަވަރޭޖްގެ މައްސަލަތައް ފާހަގަކޮށްފަ އެވެ.
"އިންތިހާބަކީ އޮޅުވާލުންތަކެއް ހުރި އިންތިހާބެއް ކަމަށާއި ޒިމްބާބުވޭގެ ރައްޔިތުންނަށް ނުތަނަވަސްކަން ކުރިމަތިވި އިންތިހާބެއް،" ސިޔާސީ މަސްރަހު ދިރާސާ ކުރާ ފްރޫއާ އެންގްވެންޔާ ވިދާޅުވި އެވެ.
ޒާނޫ-ޕީއެފް އިން ވަނީ އެ ޕާޓީއަށް ނާޖާއިޒު ފައިދާއެއް އޮތް ކަމަށް ނުވަތަ އޮޅުވާލައިގެން އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާ ކަމަށް ބުނެފަ އެވެ.
ޒެކްގެ ޗިގުމްބާ ވިދާޅުވީ އުމުރުން 80 އަހަރުގެ ނަންގަގްވާ އަށް 2.3 މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވާ އިރު، އުމުރުން 45 އަހަރުގެ ޗަމީސާއަށް 1.9 މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށެވެ.
ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ރައީސް ވަނީ ރަން އޮފް އަކުން ސަލާމަތްވެވަޑައިގެންފަ އެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 69 އިންސައްތައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް