މއ. ބާބުލްއަވާލީގަ ކުރީގަ ވަކިން ނަމާދު ކުރި ވާހަކައެއް ނުދައްކަން: މާރިޔާ

މއ. ބާބުލްއަވާލީގަ ކުރީގަ ވަކިން ނަމާދު ކުރި ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވެ، 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީނީ ސަލަފް ޖަމިއްޔާއަށާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއ...

28 Aug 2023 | 08:19

މއ. ބާބުލްއަވާލީގަ ކުރީގަ ވަކިން ނަމާދު ކުރި ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވެ، 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީނީ ސަލަފް ޖަމިއްޔާއަށާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސަލަފްގެ ރައީސް އަކީ މުއިއްޒު އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށެވެ. އަދި ސަލަފްއަށް ނިސްބަތްވާ އަބްދުއްލަތީފް ވެސް އެއީ ސާޖިދާގެ ބޮޑުބޭބެ ކަމަށެވެ. އަދި އަބްދުއްލަތީފްގެ އެޑްރެހަކީ މއ. ބާބުލްއަވާލީ ކަމަށެވެ.

"އަޅުގަނޑުމެން ނުދައްކަމޭ އިނގޭތޯ މއ. ބާބުލްއަވާލީގަ ކުރީގަ ވަކިން ނަމާދު ކުރި ވާހަކައެއް. އަޅުގަނޑުމެން ނުދައްކަމޭ މީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅުންނޭވެސް" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮނޑޭއަކީ ނިސްބަތުން އެންމެ ގިނަ މީހުން ސީރިޔާއަށް ފޮނުވާފައިވާ ރަށް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ނުބުނަމޭ، ރައީސް ސޯލިހު އަރާވަޑައިގަތީމަ، އެއަށްވުރެ ދެގުނައަށް މީހުން ނުކުމެ ތިއްބޭ މުއިއްޒު އެތަނަށް ވަޑައިގަތީމަ" މާރިޔާ ވިދާޅުވިއެވެ.

މީން އެއްވެސް ވާހަކައެއް އެމްޑީޕީން ނުދައްކާ ކަމަށާއި ހަމައެކަނި ބުނާ ވާހަކައަކީ، ކޮންމެ ދުވަހަކު ޕީއެންސީގެ ކެނޑިޑޭޓާ ސަލަފް ޖަމިއްޔާއަށް ނިސްބަތްވަމުންދާ މީހުން އެންޑޯޒް ކުރަމުން ދާ ވާހަކަ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިޔާއަށް ބަލާލިޔަސް، ހަރުކަށި ފިކުރުގެ މީހުން ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދުކޮށް، އެ ބޭފުޅާއަށް ކެމްޕޭނު ކޮށްދެއްވަމުން ގެންދާތަން ފެންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެ ނޫން އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ސަލަފަކީ ވަކި ވައްތަރެއްގެ ޖަމިއްޔާއެކޭ ނުދަންނަވާ ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން މާރިޔާ ވިދާޅުވީ، އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، އެމަނިކުފާނުގެ އަނބިކަނބަލުންގެ ނުފޫޒު ސަރުކާރަށް އޮތް މިންވަރު މީހުން ފާހަގަ ކުރި ކަމަށެވެ. އޭގެ ތެރޭގައި އެބޭފު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް