އާއިލީ ކްލިނިކަލް އޮޕަރޭޝަންތަކުގެ މަސައްކަތްތައް ޓީޓީއެޗް ފެމިލީ ކްލިނިކް އިން ހުކުރު ދުވަހުވެސް ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލް އިން ނިންމައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނާ ގޮތުގައި މި ފެމެލީ ކްލިކިން ފެށުމުގެ ބޭނުމަކީ އެ ހޮސްޕިޓަލުގެ ފެމިލީ ހެލްތު ކްލިނިކުން ހިދުމަތް ހޯދާ ހުރިހާ މެހެމާނުންނަށް އެކްސްޓެންޑް ކަވަރޭޖް ފަހިކޮށްދިނުމެވެ.
އެގޮތުން ޓީޓީއެޗް ފެމިލީ ކްލިނިކް ހިންގާނީ ހުކުރު ދުވަހު 1500 އިން ފެށިގެން 2200 އާ ދެމެދު ކަމަށް ޓްރީޓޮޕްއިން ބުނެފައިވެއެވެ.
މި ފެމިލީ ކްލިނިކް ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ މީހުންންގެ އާންމު ސިއްހީ ފަރުވާއަށް އަމާޒުކޮށްގެން މެޑިކަލް ސްޕެޝަލިޓީއެއް ފޯރުކޮށްދިނުމަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުން ޓްރީޓޮޕް އިން ބުނީ، އެ ހޮސްޕިޓަލްގެ ޚާއްޞަ ޑޮކްޓަރުންގެ އަމާޒަކީ އާއިލީ އަދި މުޖުތަމަޢުގެ ފެންވަރުގައި ސިއްޙަތާއި ދުޅަހެޔޮކަމަން އިތުރުކުރުން ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ މެހެމާނުންނަށް ފެންވަރު ރަނގަޅު ކްލިނިކަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އަދި ތަޖުރިބާކާރު އަދި މަތީ ތަމްރީނު ލިބިފައިވާ ސްޕެޝަލިސްޓުން ތަފާތު ޝައުގުވެރިކަމާއި ތަޖުރިބާ އެއްކޮށްލައިގެން އަންނަނީ އެންމެ ފަހުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3351610 އަށް ނުވަތަ [email protected]
އަށް ޢީމެއިލް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް