އުރީދޫ މަސްރޭސް 2023 – ފުވައްމުލައް ސިޓީ ގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް ކާމިޔާބުކޮށް މި އަހަރުގެ އުރީދޫ މަސްރޭސް ނިންމާލައިފިއެވެ.
ފުވައްމުލައް ބަނދަރުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒުގެ އިތުރުން އެ ސިޓީގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
އުރިދޫ އިން ބުނާ ގޮތުގައި ފުވައްމުލަކުގައި ކުރިއަށްދިޔަ އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ރީފް ރައިޑާސް އިން ހޯދީ ޖުމްލަ 1326.45 ޕޮއިންޓާ އެކު، ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ހޯދައިގެންނެވެ. އަދި މި މުބާރާތުގެ ރަނަރަޕްކަން ހޯދައިފައިވަނީ ޖުމްލަ 335 ޕޮއިންޓާއެކު ޓީމް ނަގާއި ހާލީ އިންކަމާއި 3 ވަނަ ހޯދައިފާވަނި ޖުމްލަ 175.8 ޕޮއިންޓާއެކު މޭރި ބޮލް ޓީމުން ކަމަށް އުރީދޫ އިން ބުނެއެވެ.
މީގެ އިތުރަށް، ފުވައްމުލައް ސިޓީގައި ބޭއްވުނު މަސްރޭހުން އެންމެ ބަރު މަސް '8.05 ކިލޯ ގެ ރޫބީ' ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕިއަންކަން ހޯދި ރީފް ރައިޑާސް ޓީމުން އަބްދުﷲއިބްރާހިމް އެވެ. އަދި އެ ފަރާތައް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާރޓްނަރ ސީގިއަރ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައި ކަމަށް އުރިދޫ އިން ފާހަގަކޮށްފައިވެއެވެ.
ހަމައެފަދައިން އެންމެ ބަރު މަހުގެ އިތުރުން އަބްދުﷲއިބްރާހިމް ވަނީ ޖުމްލަ 17 މަސް ބާނާ ފުވައްމުލައް ސިޓީ ގައި ބޭއްވުނު އުރީދޫ މާސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅުގެ މަގާމު ވެސް ކާމިޔާބުކޮށްފައެވެ.
އުރީދޫ އިން ބުނީ މުބާރާތުގެ އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ހޯދާފައިވަނީ މޭރި ބޮލް ޓީމުން ސަފާ އަދްނާނު ކަމެވެ.
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ވަނީ ފުވައްމުލައް ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް