އަދަދު ހަމަނުވެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް

ކޯރަމް ހަމަނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދަން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމަކީ 22 މެންބަރުންނެވެ. ޖަލްސާ ފެށުމަށް ކޯރަމް ރަނގަބީލު ޖަހާއިރު...

28 Aug 2023 | 05:06

ކޯރަމް ހަމަނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމަކީ 22 މެންބަރުންނެވެ. ޖަލްސާ ފެށުމަށް ކޯރަމް ރަނގަބީލު ޖަހާއިރު ތަޅުމުގައި މަދުވެގެން 22 މެންބަރުން ހާޒިރުވެ ތިބެން ޖެހެއެވެ.

މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދަން ނިންމިއިރު މިއަދުވެސް އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް