ފަސޭހަކަމާއެކު މޯބައިލް ނަންބަރު މެނޭޖް ކުރެވޭނެ މައިސާވިސް ޕޯޓަލް ދިރާގުން ލޯންޗުކޮށްފި

ދިރާގު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާއެކު ޗެކްކޮށް މެނޭޖްކުރެވޭ މުޅިން އައު ޕޯޓަލްއެއް އެކުންފުނިން ލޯންޗުކޮށްފިއެވެ. މިއީ ކޮމިއުނިކޭޝަނ...

28 Aug 2023 | 05:04

ދިރާގު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް ފަސޭހަކަމާއެކު ޗެކްކޮށް މެނޭޖްކުރެވޭ މުޅިން އައު ޕޯޓަލްއެއް އެކުންފުނިން ލޯންޗުކޮށްފިއެވެ.

މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދާދި ފަހުން އަމަލުކުރަން ފެށި މޯބައިލް ނަންބަރު ރެގިއެލޭޝަނާއި ގުޅިގެން އައި މޯބައިލް ނަންބަރު ލިމިޓޭޝަންއާއެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ތައާރަފު ކުރެވުނު ހިދުމަތެއް ކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން މި ރެގިއުލޭޝަންގައި ވާގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވާރކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވާރކެއްގައި އެންމެ ގިނަ ވެގެން ރަޖިސްޓްރީ ކުރެވޭނީ 3 މޯބައިލް ނަންބަރެވެ. ނަމަވެސް މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އޭގެއިތުރުން ދިރާގުން ބުނާ ގޮތުގައި އަލަށް ތައާރަފްކުރި މި މައިސާވިސް ޕޯޓަލް މެދުވެރިކޮށް ދިރާގުގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެއެވެ.

ދިރާގު މައިސާވިސް ޕޯޓަލް މެދުވެރިކޮށްގެން އަންނަ ނުވެމްބަރު 24 ގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތައް އެފަރާތްތަކަށް މެނޭޖް ކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް