މ. އަތޮޅު ދަތުރުފުޅުގެ ފަހު މަންޒިލް މުއްޔަށް ރައީސް ސޯލިހު ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. މުއްޔަށް ވަޑައިގެންފި އެވެ. ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު އެވެ. މި ދަތުރު...

28 Aug 2022 | 13:41

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. މުއްޔަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު އެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވަނީ ރަތްމަންދޫގެ އިތުރުން، ވޭވަށް، ދިއްގަރު، މުލި އަދި މަޑުއްވަރީއަށެވެ.

ރައީސް ސޯލިހު މުއްޔަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކައުންސިލްގެ ރައީސާއި ރަށުކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނެވެ. އަދި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެފައިވެ އެވެ.

އެމަނިކުފާނު ވަނީ މުލީ ކައުންސިލާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ރަށުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އޭގެ ފަހުން ވަނީ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ.

މުލީގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި އެއާޕޯޓެއް އެޅުމާއި، ސާފް ޝެކެއް ހެދުމާއި ފެނުގެ ނިޒާމު ގާއިމް ކުރުން ހިމެެން ހިމެނެ އެވެ. މިހާރު ޓެންޑަރަށް ލައިފާ މަސައްކަތްތަކުގެ ތެރޭގައި އަތޮޅު ޕޮލިސް ސްޓޭޝަން އެޅުން ހިމެނެ އެވެ.

ނިމިފަ ހުރި މަސައްކަތްތަކުގެ ތެރޭގައި ސްކޭޓް ޕާކެއްގެ މަސައްކަތުގެ އިތުރުން ފުޓްސެލް ދަނޑުގެ މަސައްކަތް ހިމެނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހައުސިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންނަވަ އެވެ.

މުއްޔަކީ މިދަތުރުފުޅުގައި ރައީސްގެ ފަހުގެ މަންޒިލެވެ. މ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނަވާނީ މާދަމާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް