އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ އަލަމްގީރުގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
އަލަމްގީރު ހައްޔަރު ކުރީ މިދިޔަ ޖުލައި12 ވަނަ ދުވަހު އެވެ. އޭނާއަށް ތުހުމަތު ކޮށްފައިވަނީ ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކޮށް ބްލެކްމެއިލް ކުރި މައްސަލައިގަ އެވެ.
މި މައްސަލައިގަ ދައުލަތުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި އެ ދައުވާގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ ހަވީރު4:00 އަށެވެ. މި އަޑުއެހުން ކުރިޔަށް ގެންދަނީ ސިއްރުންނެވެ.
އަލަމްގީރް ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސްވެ، ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދި ވީޑިއޯ މެސެޖެއް ދީފައެވެ.
އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ވީޑިއޯ އާންމުވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ހިމެނެއެވެ. ތަހުގީގަށް ފަހު ބަންދުން އެ މީހުން ދޫކޮށްލާފައިވާއިރު އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް