ބޮލީވުވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ރާޖޭޝް ކަންނާގެ ދަރިއަކާއި ކައިވެނި ކުރެވޭނެ ކަމަށް ދުވަހަކުވެސް ހިތަށް ނާރާ ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.
އަކްޝޭ ކައިވެނިކޮށްގެން އުޅެނީ ރާޖޭޝްގެ ދޮށީ އަންހެން ދަރިފުޅު ޓްވިންކަލް ކަންނާ އާއި އެވެ. ދެމީހުން ކައިވެނި ކުރީ2001 ވަނަ އަހަރު އެވެ.
އަކްޝޭ ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާގެ ދިރިއުޅުމުގައި ދުވަހަކުވެސް ވެދާނެ ކަމަށް ހިތަށް ނާރުވާ އެތައް ކަމެއް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޮލީވުޑްގައި މަސައްކަތް ކުރުން ހިމެނޭ ކަމަށް ބުންޏެވެ.
އިންޑިއާގެ ޗަންދީގަރަށް ނިސްބަތްވާ އަކްޝޭ ދިރިއުޅުމަށް މަސައްކަތް ކުރަން ފުރަތަމަ ދިޔައީ ދިއްލީއަށެވެ. ބޮލީވުޑަށް ވަނުމުގެ ކުރިން އަކްޝޭ ވަނީ ކައްކާއެއްގެ އިތުރުން މާޝަލް އާޓްސް ދަސްކުރަން އުޅެފައިވެ އެވެ.
އަކްޝޭ ބުނީ ޓުވިންކަލް އާއި ފުރަތަމަ ބައްދަލުވީ ފިލްމެއްގެ ސެޓެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ނަޒަރުން ޓުވިންކަލް ދެކެ ލޯބިވެވުނު ކަމަށެވެ.
އޭނާ ބުނީ ޓުވިންކަލްއާއި ކައިވެނި ކުރެވޭނޭ ހިތަށް ނޭރި މައިގަނޑު ސަބަބަކީ އޭނާ ބޮލީވުޑަށް ތައާރަފުވި ފުރަމަ ދުވަސްކޮޅު ފިލްމެއް ލިބޭތޯ ވަރަށް ގިނައިން އަމިއްލަ ފޮޓޯ ހިފައިގެން ރާޖޭޝްގެ އޮފީހަށް ދިޔަ ކަމަށެވެ. އެކަމަކު އަބަދުވެސް ފަހުން އަންނަން ބުނެ ފޮނުވާލަނީ ކަމަށް އަކްޝޭ ބުންޏެވެ.
އަކްޝޭ އާއި ޓުވިންކަލްގެ ކައިވެންޏަށް ދެ ދަރިން ލިބިފަ އެބަތިއްބެވެ. އެއީ އާރަވް ކުމާރާއި ނިތާރާ ކުމާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް