ސޯނަމްގެ ދަރިފުޅަށް ލޯބިން ކިޔަނީ "ސިމްބާ"!

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ ދަރިފުޅަށް އާއިލާ މީހުން ލޯބިން ކިޔަނީ "ސިމްބާ" އެވެ. ސޯނަމް އާއި ފިރިމީހާ އަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިމަހުގެ20 ވަނަ ދުވަހު އެވެ. ދަރިފުޅުގެ ނަން އ...

28 Aug 2022 | 10:41

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރުގެ ދަރިފުޅަށް އާއިލާ މީހުން ލޯބިން ކިޔަނީ "ސިމްބާ" އެވެ.

ސޯނަމް އާއި ފިރިމީހާ އަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިމަހުގެ20 ވަނަ ދުވަހު އެވެ. ދަރިފުޅުގެ ނަން އަދި ސިފަ އާންމުންނަށް މިހާތަނަށް ދައްކާފައެއް ނުވެ އެވެ.

ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރު ބުނީ އާއިލާއިން ސޯނަމްގެ ދަރިފުޅަށް ކިޔަނީ "ސިމްބާ" ކަމަށެވެ. އަދި ސޯނަމް ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިއުމުން "ސިމްބާ" އަށް މަރުހަބާ ކިޔުމަށް ކުލަގަދަ ހަފްލާއެއް ބޭއްވި ކަމަށް ބުންޏެވެ.

މިވަގުތު ސޯނަމް ހުރީ މުމްބާއީގެ ކަޕޫރު އާއިލާގެ ގޭގައި އެވެ. އެކަމަކު ކައިވެންޏަށް ފަހު ސޯނަމް ގިނައިން އުޅެނީ އިނގިރޭސިވިލާތުގެ ލަންޑަންގައި އެވެ.

ވިހެއުމުގެ ކުރިން ސޯނަމް ބުނެފައިވަނީ ދަރިފުޅު އިންޑިއާގައި ބޮޑު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބޮޑަށް ބެލެވެނީ އެމީހުން ދިރިއުޅޭނީ އިނގިރޭސިވިލާތުގައި ކަމަށެވެ. އެއީ އިންޑިއާގައި ތަރިންގެ ދަރިންނަށް މީޑިއާ އާއި ޕަޕަރާޒީންގެ ފަރާތުން ލިބެމުން އަންނަ ސަމާލު ކަމުގެ ސަބަބުން ފިލްމީ ތަރިންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭތީ އެވެ.

ގިނަ ފަހަރު ކުދިންނާއި ގުޅޭގޮތުން ހާމަ ކުރަން ނުޖެހޭ އެތައް މައުލޫމާތެއް ހާމަ ކުރުމާއި އާއިލާއާއި އެކު ވަގުތު ހޭދަ ކުރުމުގެ ޕްރައިވަސީ ނޫސްވެރިންނާއި ޕަޕަރާޒީންނާއި ހެދި ނުލިބުން ހިމެނެ އެވެ.

ސޯނަމް ބުނީ ދަރިފުޅު ބޮޑުވެގެން އަންނަން ބޭނުން ވަނީ އޭނާ އާއި ކޮއްކޮ ރިއާ އާއި، ހަރްޝްވަރްދަން ކަޕޫރު ބޮޑުވެގެން އައި ގޮތަށް ކަމަށެވެ. އެމީހުން ބޮޑެތިވީ އާންމުންގެ ތެރޭގައި އުޅެ މަޖާކޮށް މަޝްހޫރު ނޫން އެކުވެރިންނާއި އެކު މަގުމަތީގައިވެސް ގިނަ ވަގުތައް ހޭދަ ކޮށްގެންނެވެ.

އެ ތިން ކުދިން ނޫސްވެރިންނާއި އާންމުންނަށް އަނިލް ކަޕޫރުގެ ދަރިންގެ ގޮތުގައި އެނގުނީ ބޮޑުވި ފަހުންނެވެ. އިންޑިއާގައި ތިން ދަރިން ބޮޑު ކުރި ނަމަވެސް އަނިލް ކަޕޫރު އެ ކުދިންނާއި އެކު މީޑިއާ ކުރިމައްޗަށް ނުކުމެފައި ނުވާއިރު ތައުލީމް ފޯރުކޮށްދިނީ މަޝްހޫރު ނޫން ސްކޫލްތަކާއި  ޔުނިވާސިޓީތަކާއި ކޮލެޖުތަކުންނެވެ.

އެ ތަންތަނުން އެއްވެސް މަޝްހޫރު މީހެއްގެ ދަރިއަކު ކިޔަވާފައެއް ނުވެ އެވެ. އަދި ކޮލެޖު ދުވަސްވަރު ގޭޓު ކައިރިން ކާރަށް އެރުމަކީވެސް އެ ތިން މީހުން ކުރިކަމެއް ނޫން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް