މަރުވެފައިވާ މީހަކު ހޯދަން އިއުލާނު ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ހެނދުނު އިއުލާނު ކުރީ އދ. ދަނގެތި، ފެހިވިލާގެ ޝަކްލުﷲ އަލީ ހޯދާށެވެ. އެމީހާ ދިޔަ އަހަރުގެ ޖޫން19 ވަނަ ދުވަހު ވަނީ މަރުވެފައިވެ އެވެ.
މިހާރު ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ އެ އިއުލާނު ޑިލީޓް ކޮށްފަ އެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.
ފާޑުކިޔުންތަކާއި ގުޅިގެން ފުލުހުން ވަނީ އާންމުންގެ ކިބައިން މައާފަށް އެދިފަ އެވެ. ފުލުހުން ބުނީ އެ އިއުލާނު ކުރެވުނީ އިދާރީ އޮޅުމަކުން ކަމަށެވެ.
އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިފަދަ ކަންކަމުގައި އަމަލުކުރަމުންގެންދާ އުސޫލްތަކަށް ގެންނަޖެހޭ ބަދަލުތައް ގެންނާނެކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.
ޝަކްލުﷲގެ މައްސަލަ މީގެ ދެ އަހަރު ކުރިން ފުލުހަށް ހުށަހެޅި މީހާވެސް މި މައްސަލައިގާ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ޓްވިޓާގައި މުހައްމަދު ތޯރިގް ބުނެފައިވަނީ 27 ޖުލައި 2020 ގައި ހުށައެޅި މައްސަލައެއް ތަހްގީގުކުރަން ހޯދަން އިއުލާނުކުރީ މިއަދު ކަމަށާއި އެވެސް އެމީހާ މަރުވެ އަހަރަކަށްވުރެ ގިނަދުވަސްވި ފަހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް