ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދު އިންޑިއާއަށް ވަޑައިގެންފި އެވެ.
ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޝާހިދުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މި ދަތުރުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި ޝާހިދުގެ ދަތުރުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންޚަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލު ކުރައްވާނެ އެވެ.
މިދަތުރުގައި އދ.ގައި މިހާރު ހުރި އެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ވެ އެވެ. އަދި އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.
ތަރުޖަމާނުގެ ބަޔާނުގައި ބުނެފައިވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ތިން ބޭފުޅަކާ އެކު ކުރައްވާ ދަތުރަށް ހަރަދުކުރަނީ އިންޑިއާ ސަރުކާރާއި އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ހިންގާ ޓްރަސްޓް ފަންޑުން ކަމަށެވެ.
ޝަހިދު އިންޑިއާއަށް ދަތުރު ކުރައްވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
ޝާހިދު ރަސްމީ ދަތުރެއްގައި އިންޑިއާއަށް ވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ހުންނެވީ އިންޑިއާގަ އެވެ. ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް