މިދައުރުގައި ބާކީ އޮތް ދުވަސްތަކުގައި ދެން އޮންނާނީ ތަންތަން ހުޅުވުން: އަސްލަމް

މި ދައުރުގެ ބާކީ އޮތް އަހަރެއްހާ ދުވަހު ދެން އޮންނާނީ ތަންތަން ހުޅުވުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. އަސްލަމް މިހެން ވިދާޅުވީ މ. ވޭވަށު ބަނދަރު ނިންމައި ރަސްމީކޮށް...

28 Aug 2022 | 07:48

މި ދައުރުގެ ބާކީ އޮތް އަހަރެއްހާ ދުވަހު ދެން އޮންނާނީ ތަންތަން ހުޅުވުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މ. ވޭވަށު ބަނދަރު ނިންމައި ރަސްމީކޮށް ކައުންސިލާއި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ރައީސް ކުރައްވަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެއީ ކަނޑައެޅިފައިވާ މުއްދަތުގައި ނުނިމުމާއި ނުވަތަ އިތުރުބާރުގެ މައްސަލައެއް ކަމަށް ވެދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް މަޝްރޫއުތައް ހިނގަނީ ރައީސް ސޯލިހާއި ސަރުކާރުން ބޭނުންވާ ހަލުވި މިނުގައި ނޫން ކަމަށެވެ. އެކަމަކު މި ސަރުކާރަކީ ދަތިތަކާއި އެކު ރައީސް ބޭނުންފުޅުވާ ސްޕީޑުގައި މަޝްރޫއުތައް ކުރިޔަށް ގެނދަން މަސައްކަތް ކުރާ އަދި ކޮށްފައިވާ ސަރުކާރެއް ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގެ ހަލުވިކަން ކުރިޔަށް މިއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އެގޮތުން ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއްގައިވެސް އޮތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ ކޮންމެސް މަޝްރޫއެއް ނިންމައި ބޭނުން ކުރަން ފެށުން ނުވަތަ ނިންމާލުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން އަތޮޅުތެރެއަށް ވެފައިވާ އެންމެ ބޮޑު ވައުުދު ކަމަށްވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއުއެއް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް