ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މ. ވޭވަށަށް ވަޑައިގެންފި އެވެ.
ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނަވަނީ ރަތްމަންދޫގެ އިތުރުން، ވޭވަށް، ދިއްގަރު، މުލި އަދި މަޑުއްވަރީއަށެވެ.
ރައީސް ސޯލިހު ވޭވަށަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކައުންސިލްގެ ރައީސާއި ރަށުކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނެވެ. އަދި ރަށުގެ ގިނައަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެފައިވެ އެވެ.
ދިއްގަރުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތާއި މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތް އެޅުމުގެ އިތުރުން އައުޓް ޑޯ ޖިމްގެ މަސައްކަތެވެ.
ނިމިފަ ހުރި މަސައްކަތްތަކުގެ ތެރޭގައި ބޯޅަގެއެއް އެޅުމާއި ބަނދަރު ތަރައްގީ ކުރުން ހިމެނެ އެވެ. އަދި ފެނަކަ އާ އިންޖީނުގެ އެޅުން ހިމެނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހައުސިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންނަވަ އެވެ.
ވޭވަށަށް ފަހު ރައީސް ދެން ވަޑައިގެންނަވާނީ މުއްޔަށެވެ. މ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނަވާނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް