މޫސުން ގޯސް، ށ. އަތޮޅުން ފ. އަތޮޅަށް ވައިޓް އެލާޓުގައި

މިއަދު ކުރިޔަށް ހުރި ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް އޮތީ ވައިޓް އެލާޓ...

28 Aug 2022 | 05:28

މިއަދު ކުރިޔަށް ހުރި ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު10:00 ން ހަވީރު4:00 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް