ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށެވެ. މި ސްކޫލްގައި އެއް ދަނފަޅިއަށް ކިޔަވައިދޭން ފަށާފައި މިވަނީ އަލަށް އެޅި ހަތަރު ފަންގިފިލާގެ އާ އިމާރާތް ހުޅުވުމަށް ފަހު އެވެ.
އެ އިމާރާތުގެ ކްލާސްރޫމްތަކުގައި މިއަދު ވަނީ ކިޔަވައިދޭން ފަށާފައި އެވެ. މިކަމަށް ޓަކައި މިއަދު އެ ސްކޫލްގައި ވަނީ ހާއްސަ ހަރަކާތްތަކަކާއި އެކު ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ކ. އަތޮޅު މަދަރުސާގައި497 ދަރިވަރުން ތައުލީމް ހާސިލް ކުރެ އެވެ. އަދި އެ ސްކޫލްގައި69 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަތޮޅޫ ތެރޭގެ ގިނަ ސްކޫލްތަކުގައި މިހާރު އެއް ދަންފަޅިއަށް ކިޔަވައިދެމުންދާއިރު މާލޭގެ ސްކޫލްތަކުގެ ތެރެއިން އެއް ދަންފަޅިއަށް ކިޔަވައިދެނީ ދެ ސްކޫލެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް