ކޯވިޑް ޖެހިގެން ތިނަދޫއިން ތިން ވަނަ މީހަކު މަރުވެއްޖެ

ގދ. ތިނަދޫއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. ހެލްތްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ ...

28 Aug 2021 | 16:47

ގދ. ތިނަދޫއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިރޭ އިރުއޮއްސި6:30 ގައި އެވެ.

އެމީހާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ގދ. ކޯވިޑް މެނޭޖްމެންް ފެސިލިޓީގައި އެވެ.

މިއީ އެ ރަށުން ކޯވިޑްގައި މަރުވި ތިން ވަނަ މީހާ އެވެ. އަދި ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 226 ވަނަ މީހާ އެވެ.

ރާއްޖޭގެ އެންމެ ފަހުގެ ކޯވިޑްގެ ހާލަތަށް ބަލާއިރު އިއްޔެ 103 މީހުންނަށް ކޯވިޑް ޖެހިފަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް