އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އެކު މިއަދު ނުވަ ރަށެއް މޮނިޓަރިންއަށް ލައިފި

މިއަދު މިހާތަނަށް ނުވަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއަދު އެންމެ ފުރަަމަ މޮނިޓަރިންގެ ހާލަތަށް ގެނައީ އދ. މަހިބަދޫ އެވެ. އ...

28 Aug 2021 | 16:43

މިއަދު މިހާތަނަށް ނުވަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު އެންމެ ފުރަަމަ މޮނިޓަރިންގެ ހާލަތަށް ގެނައީ އދ. މަހިބަދޫ އެވެ. އޭގެ ފަހުން ވ. ތިނަދޫ، ށ. ކަނޑިތީމު، ފޭދޫ، ހދ. ނޮޅިވަރަމް އަދި މ. ވޭވަށް މޮނިޓަރިންއަށް ލާފައިވެ އެވެ.

އެންމެ ފަހުން މިރޭ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކެވެ. އެގޮތުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ.

އައްޑޫ ސިޓީގައި މިވަގުތު150 އަށްވުރެ ގިނ އެކްޓިވް ކޭސް ހުރި އިރު ހުރިހާ ކޭސްތަކަކީވެސް ގުޅިފައިވާ ރަށްތަކުން ޕޮސިޓިވްވެފައިވާ މީހުންނެވެ. ވަކިން އޮންނަ ހުޅުމީދޫގައި މިވަގުތު ކޯވިޑް ޖެހިފައިވާ އެއްވެސް މީހަކު ނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް