އާސަންދަ އެމްޕެނަލް ކުރެވިފައި ނުވާ ނުވަތަ އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ނޫންގޮތަކަށް ގެނެވޭ ރިކްއެސްޓްތަކާއިމެދު ޢަމަލުކުރާ އުސޫލަށް އައިޖީއެމް ހޮސްޕިޓަލުން ބަދަލު ގެނެސްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ މި ބަދަލު ގެނައީ މި އޯގަސްޓު މަހުގެ 26 ވީ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން އައ.ޖީ.އެމް.އެޗްގެ އޯޕީޑީގައިވާ ކިއު ސިސްޓަމުން ޖީ.އޯ.ޕީ.ޑީ އަށް މެމޯ ހެއްދުމަށް ނަންބަރު ނެގުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ނަންބަރު ދޫކުރެވޭނީ ހުކުރުދުވަސް ފިޔަވާ އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ކިއު ނަންބަރު ޖެހުމުން މެއިން ކައުންޓަރުން ޖެނެރަލް އޯ.ޕީ.ޑީ އަށް ދެއްކުމަށް މެމޯ ދޫކުރާނެ ކަމަށް ވެސް ބުންޏެވެ.
" އާސަންދަ އެމްޕަނަލް ކުރެވިފައި ނުވާ ނުވަތަ އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ނޫންގޮތަކަށް ގެނެވޭ ރިކުއެސްޓްތައް ޖެނެރަލް އޯ.ޕީ.ޑީ އިން އައި.ޖީ.އެމް.އެޗްގެ ރިކުއެސްޓެއް ގޮތަށް ބަދަލުކުރެވި ސިސްޓަމަށް އަޕްލޯޑު ކުރެވޭނެ." އައިޖީއެމްއެޗް އިން ބުންޏެވެ.
އެ ހޮސްޕިޓަލުން ބުނީ ޓެސްޓު ހެދުމަށް ކަނޑައެޅިފައިވާ ޑިޕާޓްމަންޓަކުން ޚިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ނުވަތަ މެމޯ، ލެބޯރަޓަރީގެ ޚިދުމަތެއްނަމަ މެއިން ކައުންޓަރުން ހެއްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް