މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މިދިޔަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބާއްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު...

28 Aug 2021 | 16:23

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބާއްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު އެވެ.

މިޖަލްސާގައި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާ ފާސްކުރުމާއި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތައް ހުށަހަޅާވަނީ ފާސްކޮށްފަ އެވެ. އަދި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި އޮޑިޓަރެއް އައްޔަން ކުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެންގުމާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، އެކަމަށް ޚާއްސަ ކޮށްގެން ބޭއްވުމަށް ނިންމާފައިވާ "އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ" ގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޖަލްސާ ނިންމަވާލާފައިވަނީ ޙިއްޞާދާރުންގެ ފަރާތުން ޚިޔާލުފާޅުކުރުމަށް ފުރުޞަތު ދީފަ އެވެ.

މިޖަލްސާގައި މިކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންނާއި މުވައްޒަފުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ސަރުކާރުގެ ހިއްސާ ތަމްސީލު ކުރެއްވުމުގެ ގޮތުން ޕްރޮކްސީއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މަރިޔަމް މަނާރަތު މުނީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް