ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެންމެ ގިނަ ބަޔަކު އެއް ފަހަރާ އާބަދުވާ ހިޔާ ފްލެޓްތަކަށް ދާއިމީކޮށް ކަރަންޓު ދޫކުރަން ފަށާފައި ވާއިރު، މާދަމާ [އާދީއްތަ ދުވަހު] ކަރަންޓު ދޫކުރަނީ 9 ވަނަ ޓަވަރާއި 10 ވަނަ ޓަވަރަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓިޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ހިޔާ ފްލެޓްތަކަށް ކަރަންޓު ދެމުން ދާއިރު، ހައުސިން ޑެވެލޮޕްމަންޓް ކޯޕަރެޝަން (އެޗްޑީސީ)އން ވެސް އަންނަނީ ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ފްލެޓަށް ހާޒިރުވާން ޖެހޭ ގަޑިތައް އަންގަމުންނެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެސްއެމްއެސްގައި ބުނެފައިވާ ގަޑިއަށް ހުރިހާ ފަރާތްތަކުންވެސް ހާޒިރުވުމަކީ އިލްތިމާސެއް ކަމަށެވެ. އަންނައިރު ފްލެޓް ތަޅުދަނޑި ހިފައިގެން އައުމަށްވެސް ވަނީ އެދިފަ އެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ ނުވަވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެޗްޑީސީ އާއި އެކު ސޮއިކޮށް، ނަމަވެސް ސްޓެލްކޯއާއި އެކު ސޮއިނުކުރާ މީހުންނާ އެކީ ސޮއިކުރުން ވެސް ކުރިއަށް ދާނެ ކަމަށެވެ. ސޮއިކުރުން އޮންނާނީ އެކުންފުނީގެ ހުޅުމާލެ ބްރާންޗްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް