މާލެ އަތޮޅު ކާށިދޫގައި 115 ފަޅޯގަސް ބިމާ ހަމައަކޮށް ބޮޑު ގެއްލުމެއް ދީފި އެވެ.
118 ގަސް ހިމެނޭ ދަނޑަށް މި ވަރުގެ ގެއްލުމެއް ދިނީ ކޮން ބައެއްކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ގަސްތަކަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަމަށް ބެލެވެއެވެ.
ހަމަލާދީފައި ވަނީ ގިނަ އަދަދެއްގެ ފަޅޯ އަލާފައި ހުރި ގަސްތަކަކަށެވެ.
"ހެޔޮވާނީ ކިހިނެއް؟ މީ ކިތައް ހާސް ރުފިޔާގެ ބޮޑު ގެއްލުމެއް... ބައެއްގެ މުދަލަށް މިފަދަ ގެއްލުމެއް ދިންއިރު މިކަން ކުރި މީހެއްގެ ހިތަށް ހަމަ އެކައްޗެއް ވެސް ނާރަނީ ބާއޭ ހިތަށް އަރާ... މިކަން މިގޮތަށް ކޮއްގެން އެމީހަކަށް ލިބޭނީ ކޮން މޮޅެއް ބާއޭ ހިތަށް އަރާ... މީ ވެސް ބަޔަކު މީހުން ހަލާލު ގޮތުގައި ކާންބޯން ކުރާ އަގު ބޮޑު މަސައްކަތެއް." މީސްމީޑިއާގައި މި ކަން ހިއްސާކުރި އާންމުންގެ މީހަކު ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެ ދަނޑުގައި ހުރި 118 ގަހުގެ ތެރެއިން ހަމަލާ ނުދީ ހުރީ އެންމެ އެންމެ 3 ގަހެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް