މަލިކުގެ ސްޓޫޑިއޯއެއް ކަމަށްވާ އާރްބީއައިން ތައްޔާރު ކުރި އެންމެ ފަހުގެ ލަވަތަށް ރިލީޒް ކޮށްފި އެވެ.
މި ލަވަތަކާއި ގުޅޭގޮތުން "ދުވަސް" އަށް މައުލޫމާތު ދެމުން އެ ސްޓޫޑިއޯގެ ފަރާތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން މަލިކު ބުނީ މިފަހަރު މުޅިން އާ ތިން ލަވައެއް ރިލީޒް ކޮށްފައިވާ ކަމަށެވެ. އެއީ "އިހު އިސްކޯލަށް ދާއިރު"، "މަގޭ މާޒީ" އަދި "އަސުރަށް ފޮޅޭ މަލެކޭ" ލަވަ އެވެ.
މި ލަވަތައް ކިޔާފައިވަނީ ޝާންއެވެ. މި ލަވަތަކުގައި މަލިކުގެ ހިތްގައިމު އެތައް މަންޒަރުތަކެއް ފެނިގެންދެ އެވެ.
މީގެ ތެރެއިން "އިހު އިސްކޯލަށް ދާއިރު" ލަވައިގަ ޝާން އާއި އެކު އެކްޓްރެސްއެއް ގޮތުގައި ފެނިގެން ދަނީ ސަބްރީނާ ތާޖް އެވެ. މި ލަވައިގެ ފެނިގެން ދަނީ ކުރީގައި ސްކޫލަން ދިޔަ ދުވަސްވަރު ސަބްރީނާ ފެނުމުން ޝާންގެ ހިތަށް ކުރެވޭ އިހުސާސްތައް އޭނާއަށް ކިޔައިދޭ ތަނެވެ.
މި ލަވައިގެ ލިރިކްސް ތައްޔާރުކޮށްފައިވަނީ އަމީން މާޔާ މަލިކު އެވެ.
https://www.youtube.com/watch?v=X6g3AWNHpXc
"މަގޭ މާޒީ" ގައި ޝާން އާއި އެކު އެކްޓްރެސްއެއްގެ ގޮތުގައި ފެނިގެންދަނީ އަރުޝީދާ އަލީ އެވެ. މި ލަވައިގަ އަންހެން އަޑުގެ ވެރިޔާ އަކީވެސް އަރުޝީދާ އެވެ. އާރުބީއައި އިން ލިރިސްކް އާއި ޥީޑިއޯ އަދި އެޑިޓިންގެ މަސައްކަތް ކޮށްފައިވާ މި ލަވައިގަ މަލިކުގެ ވަރަށް ހިތްގައިމު ރީތި ސަރަހައްދުތަކެއް ދައްކާލަ އެވެ.
ލަވައިގަ ފެނިގެންދަނީ ގިނަ ދުވަސްތަކަކު ދުރުގައި އުޅުމަށް ފަހު އެނބުރި މަލިކަށް ދާއިރު ލޯބިވެރިޔާ ގެއްލިފައިވާ ތަނެވެ. އެކަމަކު ދެމީހުން ވަކިވާން ޖެހުނު ސަބަބު ނޭނގޭ ވާހަކަ އާއި އެ ސަބަބު ބުނެދެވެން ނެތް ވާހަކަ ލަވައިގަ ކިޔަ އެވެ.
https://www.youtube.com/watch?v=HQDEBWykSw0
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ލަވަތަކުންގެ ތެރެއިން "އަސުރަށް ފޮޅޭ މަލެކޭ" ލަވައިގަ ކިޔައިދެނީ އަންހެން ކުއްޖެއްގެ ރީތި ކަމުގެ ވާހަކަ އެއްވެ. މި ލަވަ ކިޔާފައިވަނީ ޝާން އާއި އަރުޝީދާ އެވެ.
ޝާން އާއި އެކު ލަވައަށް އެކްޓު ކޮށްފައިވަނީ ހާޒިމާ އެވެ. މި ލަވައިގެ ލިރިކްސް ހަަދާފައިވަނީ ޝަރީފް އެލްޖީ މަލިކު އެވެ.
https://www.youtube.com/watch?v=A1CCUUeQZsM
މިލަވަތަށް އާރުބީއައިގެ ޔޫޓިއުބް ޗެނަލުން މިހާރު ބަލާލެވޭނެ އެވެ. އަދި އެ ޗެނަލް މެދުވެރިކޮށް އެ ސްޓޫޑިއޯއިން އުފައްދާފައިވާ ރީލި ވީޑީއޯ ލަވަތަށް ބަލާލެވޭނެ އެވެ.
އެ ސްޓޫޑިއޯގެ އުފެއްދުންތައް ގިނަ ދިވެހިންނަށްވެސް ވަރަށް ކަމުދެ އެވެ. އަދި ބައެއް ދިވެހިން ވަނީ ޔޫޓިއުބް މެދުވެރިކޮށް އެ ލަވަތަށް ބަލައި ތައުރީކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް