ރައީސް ސޯލިހުގެ ބޭބޭފުޅު ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭބޭފުޅު މޫސާ ސޯލި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް އަށް ހުށަހަޅަން ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރައްވައިފި އެވެ. އެކަން ހާމަ ކުރެއްވީ މަޑަވެލި ދާއި...

28 Aug 2021 | 06:52

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭބޭފުޅު މޫސާ ސޯލި ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް އަށް ހުށަހަޅަން ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރައްވައިފި އެވެ.

އެކަން ހާމަ ކުރެއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ޓުވީޓާއި ގައި އެވެ. ފިރުޝާންގެ ޓުވީޓުގައި ވަނީ މޫސަ ޕެޓިޝަންގައި ސޮއި ކުރާ ފޮޓޯއެއް އާންމު ކުރައްވާފަ އެވެ.

އަދި ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ބޮޑު ބޭބެ މުސާ ސޯލިހު އާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށެވެ. ފިރުޝާން ވިދާޅުވީ ޕެޓިޝަންގައި ސޮއި ކުރުމަކީ ސަރުކާރާއި ދެކޮޅު ކަމެއް ނޫންކަން ތަރުކާރުކޮށް ދަންނަވާ ކަމަށެވެ.

ފިރުޝާންގެ ޓުވީޓުގައި ވަނީ ހެޔޮވެރިމަމުގެ ނިޒާމް އަކީ ބަރުލަމާނީ ނިޒާމްކަން ހޭޝްޓެގް ބޭނުން ކުރައްވައި ފާހަގަ ކުރައްވާފަ އެވެ.

https://twitter.com/husnfirey/status/1431293527099469829

އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލީސް މެމްބަރުން އިސްވެ ތިއްބަވާ ތައްޔާރު ކުރަމުންދާ މި ޕެޓިޝަންގައި ސޮއި ކުރުމަށް ޕާޓީގެ ހަރުގެ ދޫކޮށްފައި ވީނަމަވެސް އެއީ އަޕާޓީ އާއި ރަސްމީކޮށް ގުޅުން އޮތް ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެ އެވެ. އެކަމަކު ޕެޓިޝަން ތައްޔާރު ކުރަމުން ދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު އެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ތިން މަސް ދުވަހަށެވެ. އޭގެ ފަހުން އެ ޕެޓިޝަން ރައީސް ސޯލިހަށް ހުށަހަޅާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް