ޝިދާތާ މަސައްކަތް ކުރައްވަނީ ސިޔާސީ އިންގިލާބެއް ގެންނަން!

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ސޮއިކޮށް ގުޅިވަޑައިގަތީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސިޔާސީ އިންގިލާބެއް ގެނެވޭނެ ކަމުގެ އުއްމީދުގައި ކަމަށް، އަދާލަތު ޕަޓީން ވަކިވެވަޑައިގަތް ކުރީގެ ޖެ...

28 Aug 2021 | 06:23

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ސޮއިކޮށް ގުޅިވަޑައިގަތީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސިޔާސީ އިންގިލާބެއް ގެނެވޭނެ ކަމުގެ އުއްމީދުގައި ކަމަށް، އަދާލަތު ޕަޓީން ވަކިވެވަޑައިގަތް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ އޮންލައިން ނޫސް “ވަގުތު” ން ކްލަބްހައުންސްގައި ކުރިޔަށް ގެންދިޔަ “ހަވާސް” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޝިދާތާ އަދާލަތުން ވަކިވީ 12 އަހަރު އެ ޕާޓީގައި ޚިދުމަތް ކުރެއްވުމަށް ފަހު އެވެ.

މި ސަރުކާޜުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ވިދާޅުވީ ވަޒީރު ކަމުން ދުރުވެވަޑައިގެންނެވި ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ސިޔާސީ މަޝްރަހާއި މެދު ވަރަށް ބޮޑަށް ވިސްނާލަން ފުރުސަތު ލިބިވަޑައިގެން ކަމަށެވެ.

“މެދުކެނޑުމަކަށް ފަހު [ވަޒީރުކަމުން ވަކިވެވަޑައިގަތުމަށް ފަހު ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވި ދަނޑިވަޅަށް ފަހު] އަލުން ސިޔާސީ މަސައްކަތަށް ނުކުންނަން ވިސްނިއިރު ގަބޫލު ކުރެވުނީ މުޅިން ތަފާތު ސިޔާސީ ވިސްނުމަކާ އެކު ކުރިއަށް ދާން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށް.” އަދާލަތު ޕާޓީ ދޫކޮށް އެމްއެންޕީއާ ގުޅިވަޑައިގަތް ސަބަބު ސާފުކޮށްދެއްވަމުން ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ޝަރީފް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކޮށްފައި ވަނީ އޯގަސްޓް 25 ވަނަ ދުވަހުއެވެ. އެކަމަނާ އެމްއެންޕީ އަށް ސޮއިކޮށްފައިވަނީ އެ ދުވަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝިދާތާގެ ފޯމާ ހަވާލުވީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.

އެމްއެންޕީން ބުނީ ޝިދާތާ ފަދަ ސިޔާސީ، އިޖުތިމާއީ އަދި ހިންގުމުގެ ދާއިރާއިން ކުޅަދާނަ އަދި ތަޖުރިބާ ހުރި ބޭފުޅަކު އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޝިދާތާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތެކެވެ.

ޝިދާތާ ޝަރީފް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކޮށްފައި ވަނީ އޯގަސްޓް 25 ވަނަ ދުވަހުއެވެ. އެކަމަނާ އެމްއެންޕީ އަށް ސޮއިކޮށްފައިވަނީ އެ ދުވަހު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝިދާތާގެ ފޯމާ ހަވާލުވީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.

އެމްއެންޕީން ބުނީ ޝިދާތާ ފަދަ ސިޔާސީ، އިޖުތިމާއީ އަދި ހިންގުމުގެ ދާއިރާއިން ކުޅަދާނަ އަދިި ތަޖުރިބާ ހުރި ބޭފުޅަކު އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ޝިދާތާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް