މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް) ގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ވާދަ ކުރައްވަން ނިންމަވައިފި އެވެ.
މިކަން ރަސްމީކޮށް ފާރިސްގެ ފަރާތުން އަދި ހާމައެއް ނުކުރައްވަ އެވެ. އެކަމަކު ޕާޓީގެ ތެރެއިން މީޑިއާގައި ވަނީ ފާރިސް އެމްއާރުއެމްގެ ރައީސް ކަމަށް ވާދަ ކުރައްވާކަން ކަށަވަރު ކޮށްދީފަ އެވެ.
އެމްއާރުއެމްގެ ރައީސް ކަމަށް ވާދަ ކުރަން ބޭނުން ފަރާތްތަކަށް އަންނަ ހަފްތާގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. މިހާރު އެމްއާރުއެމްގެ ވަގުތީ ރައީސަކީ ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމެވެ.
ފާރިސް ރައީސް ކަމަށް ވާދަ ކުރައްވާއިރު ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރަރު ޑރ. އިބްރާހީމް ހަސަންއާއި އައިމިނަތު ނާދިރާއެވެ. ނާދިރާއަކީ މިހާރުވެސް އެ ޕާޓީގެ ނައިބު ރައީސެވެ.
އެމްއާރުއެމްގެ ފުރަތަމަ ކޮންވެންޝަން ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ. އެ ޕާޓި އުފެއްދީ 2019 ވަނަ އަހަރު އެވެ.
ޕާޓީގެ ކޮންގްރެސް ޖަލްސާއަކީ އެ ޕާޓީއެއް ރަޖިސްޓްރީ ކުރާތާ ކުޑަ މުއްދަތެއްގެ ތެރޭގައި ބާއްވަންޖެހޭ ޖަލްސާއެކެވެ. އެމްއާރުއެމްއިން ބުނީ ޖަލްސާ ނުބޭއްވި ލަސްވީ ކޯވިޑާއި ގުޅިގެން ކަމަށާއި ޖަލްސާ ފަސްކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ހުއްދަ އާއި އެކު ކަމށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް