ފެނުގެ މަސައްކަތެއް ކުރަމުންދާތީ މިއަދު ހިޔާ ފްލެޓުަަކުގައި އެގްރިމެންޓުގައި ސޮއި ކުރުން ނޯންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިހާރު ސޮއި ކުރުން ކުރިޔަށް ދަނީ އެކި ސަބަބުތާއި ހެދި ކުރިން ތާވަލު ކުރެވިފައިވާ ދުވަހު އެއްބަސްވުމުގައި ސޮއި ނުކުރެވުނު މީހުންނާއި އެކު އެވެ.
އެޗްޑީސީން ބުނީ މސައްކަަތެއް ކުރުމަށް މިއަދު އެކި ވަގުތުތަަކުގައި ބައެއް ފްލެޓުތަކުން ފެނުގެ ހިދުމަތް މެދުކަނޑާލަމުންދާނެ ކަމަށެވެ. އެޗްޑީސީން ވަނީ މިކަމާއިި ގުޅިގެން ދިމަވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.
އެ ކުންފުނިން ބުނީ ސޮއި ކުރުން މިއަދު ކުރިޔަށް ނުގެންދިޔަޔަށް އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މައުލޫމާތު ފޯމު ފުރައި ދިނުމުގައި އެހީތެރިވުމާއި ފޯމު ބަލައި ގަތުން ކުރިއަށްދާނެ ކަމަށް ބުންޏެވެ. އެކަން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ހުރަވީ ސުކޫލުގެ ހޯލުގައެވެ.
އެޗްޑީސީން ބުނީ އެ މައުލޫމާތުތައް ފުރިހަމަ ނުކުރާ ގިނަ ބަޔަކު އަދިވެސް އެބަތިބި ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް