ރާއްޖޭގައި ބޭރުގެ ސިފައިން އެބަތިއްބޭ ކިޔަނީ ސަމާލުކަން ހޯދަން: ޝުޖާއު

ރާއްޖޭގައި ބޭރުގެ ސިފައިން އެބަތިއްބޭ ކިޔައިގެން ވާހަކަ ދައްކާ މީހުން މިހާރު އެ ވާހަކަ ދައްކަނީ ސަމާލުކަން ހޯދުމަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. " ކޮންމެ ސިޔާސީ ...

28 Jul 2024 | 11:31

ރާއްޖޭގައި ބޭރުގެ ސިފައިން އެބަތިއްބޭ ކިޔައިގެން ވާހަކަ ދައްކާ މީހުން މިހާރު އެ ވާހަކަ ދައްކަނީ ސަމާލުކަން ހޯދުމަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

" ކޮންމެ ސިޔާސީ މީހަކަށްވެސް މިއަދު މިވާގޮތތަކީ އެމީހަކަށް ނުކުރެވުނު ކަމެއް ރައީސް ޑރ.މުޢިއްޒު ސާބިތުކަމާއި އެކު ކުރެއްވީމަ މިކަމާ މި ނައްޓަނީ" .

ޝުޖާއު މިކަމާއި ގުޅިގެން އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިވަންކަމަށް59 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރާއްޖޭގެ ދިފާއީ ސިޔާސަތު ކަށަވަރުކުރުމުގެ ގޮތުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތް މިހާރު ހާސިލްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އިންޑިޔާއާއި އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގައި ތިބި ހުރިހާ ބޭރު ސިފައިން ފޮނުވާލާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ޔުނީފޯމު އަޅައިގެންވެސް ނާޅާވެސް ބޭރުގެ ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ދަނީ އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް