"ްޕަރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމުން މުޙައްމަދު ފިރާޒް ވަކިކޮށްފިއެވެ.
ފިރާޒް މަގާމުން ވަކިކުރެއްވިކަން ރައީސް އަންގަވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
ޕީސީބީގެ ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރެވެ. ފިރާޒް އެ މަގާމުގައި ހުންނަތާ ވަނީ ތިން އަހަރުވެފައެވެ.
މިކަމާ ގުޅިގެން ފިރާޒް ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނަވައިގެން ކުރެއްވެވި މަސައްކަތްތަކާއި މެދު ހިތް ހަމަ ޖެހޭކަމަށެވެ. އަދި ސަރުކާރުގެ ހިއްްސާ ހިމެނޭ ކުންފުނިތައް އިސްލާހު ކުރުުމަށް މުހިންމު މަސައްކަތެއް ކުރައްވާފައިވާނެ ކަމަށް ފިިރާޒް ވަނީ ފާހަގަ ކުރައްވާފައެެވެ.
ޕީސީބީގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިނިވަން އިދާރާއެއްގެ ގޮތުގައި ޕީސީބީން މަސައްކަތް ކުރާއިރު، އެ އިދާރާގެ ބޯޑުން ވަނީީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލާފައެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެެވެ. ޕީސީބީ އިދާރާއަށް ދިހަ އަހަރުވެފައިވާ އިރުވެސް އެ އުސޫލަށް އެއްވެސް ޕީސީބީ ބޯޑަކުން ބަދަލު ގެނެސްފައެއް ނުވެއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް