މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ޕީއެންސީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު މަގާމުން އިސްތިއުފާދެއްވައިފިއެވެ.
މިކަން ހާމަކޮށް ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ މިވަގުތު އަމިއްލަ ކަންކަން ހުރި ގޮޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތީމަ ކަމަށެވެ.
ތޯރިގުގެ އިތުރުން އެ ޕާޓީގެ ޕީޖީ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތޯރިގާ އެކު ހަތަރު ބޭފުޅުން ތިއްބަވައެވެ.
އެއީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލްއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ.
ތޯރިގު މަގާމުން އިސްތިއުފާ ދެއްވަވާފައިވާއިރު އޭނާވަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީށްގެ މަގާމަށް ވާދަ ކުރުމަށް ނިންމަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް