މާލޭގައި މީހަކު ގެއަކަށް ވައްދައި ބަރަހަނާކޮށް ބްލެކްމެއިލްކޮށް ފޭރުނު މައްސަލައިގާ އަންހެނަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝްކާޑުގެ ޕިން ހޯދުމަށްފަހު އެކައުންޓްގައިވާ ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ އުމުރުން 26 އަދި 35 ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް އިއްޔެ ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮޔތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކަށް 30 ދުވަސް އަދި ދެވަނަ މީހާއަށް 60 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހޯދަމުންދިޔަ އުމުރުން 43 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާކަމަށާއި ތަހުގީގު ނިމެންދެން އެ އަންހެން މީހާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް