ދަ ޑިމޮކްރެޓްސްގެ ކެނޑިޑެސީ އިލްޔާސް ކާމިޔާބު ކުރައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓުކަން އިލްޔާސް ލަބީބް ކާމިޔާބު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ އިލްޔާސް ކ...

28 Jul 2023 | 17:26

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓުކަން އިލްޔާސް ލަބީބް ކާމިޔާބު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ އިލްޔާސް ކެނޑިޑެސީ ކާމިޔާބު ކުރެއްވީ މިއަދު ކުރިއަށްގެންދިޔަ ފެންނަ ނުފެންނަ ވޯޓުގައި 3041 ވޯޓު ހޯއްދަވައިގެންނެވެ.

އެ ޕާޓީން ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީވެސް އިލްޔާސް އެކަންޏެވެ. އެހެން ނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ކެނޑިޑެސީ ކަށަވަރު ވަނީ ފެންނަ ނުފެންނަ ވޯޓަކަށްގޮސް މެންބަރުންގެ 10 ޕަސެންޓަށްވުރެ ދަށް ނޫން އަދަދަކަށް ވޯޓު ލިބިގެންނެވެ.

މިއަދު މެންދުރު ދެއަކުން އިރު އޮއްސި ހަޔަކަށް ކުރިއަށްގެންދިޔަ ވޯޓުލުމުގައި 3208 މީހަކު ވޯޓު ލާފައިވާއިރު ފެންނަ ކަމަށް 3041 އަދި ނުފެންނަ ކަމަށް 153 ވޯޓު ލާފައިވެއެވެ. ނުވަ ވޯޓެއް ބާތިލުކަމަށް ކަނޑައަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް