ފަސް ދުވަހުން ދެ ހާސް ތާއީދު ފޯމު ހަމަކޮށް އުމަރު ގަދަކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް އުމަރު ނަސީރު ތާއީދު ފޯމު ހަމަކޮށް އެކަން އިއުލާނުކުރައްވައިފިއެވެ. ކުރިން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު މިކަން ހާމަކުރެއްވީ އުމަރުގެ "ވ...

28 Jul 2023 | 16:55

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލުމަށް އުމަރު ނަސީރު ތާއީދު ފޯމު ހަމަކޮށް އެކަން އިއުލާނުކުރައްވައިފިއެވެ.

ކުރިން ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު މިކަން ހާމަކުރެއްވީ އުމަރުގެ "ވޯރ ރޫމް" ގައި ފޯމުތައް ވަށް މޭޒަށް އަތުރާލައްވައިގެން އިންނަވައި ދޫކޮށްލެއްވި ފޭސްބުކް ލައިވެއްގައެވެ.

އުމަރު ވިދާޅުވީ އިއުލާނު ކުރުމާއެކު ތާއީދު ސޮއި ހޯދުމުގެ މަސައްކަތް ފަސް ދުވަސް ކުރިން ފައްޓަވައި ފަސް ދުވަހުން ދެ ހާސް ތާއީދު ފޯމު ލިބިފައިވާކަމަށެވެ.

ތާއީދު ސޮއި ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އުމަރު ވިދާޅުވީ މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ނޫން ކަމަށާއި ރާއްޖެ ހެޔޮ ރަނގަޅު މިސްރާބަކަށް ގެންދިއުމަށް ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި ސާފު ހުދު ވަލުގައި މިހާރު ގިނަ ބަޔަކު ހިފަމުން އަންނަކަން ފާހަގަކުއްވަމުން އުމަރު ވިދާޅުވީ އެ ހަރަކާތް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް