ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައި އެރުވުމަށް ހަމަޖެހިފައިވާ ހަވާގެ ގަޑި އަވަސްކޮށްފިއެވެ.
އެމްއެންޑީއެފްއިން އިން ބުނީ، ހަވާ އަރުވާ ގަޑި މިރޭ 21:30 އަށް އަވަސް ކުރެވިފައިވާ ކަމަށެވެ. ހަވާ އަރުވާނީ އަށް މިނެޓަށެވެ.
މިނިވަން ދުވަހާއި ގުޅިގެން ހަވާ އެރުވުމަށް ކުރިން ހަމަޖެއްސީ މިރޭ 22:00 އާއި 22:30 އާއި ދެމެދުގެ ވަގުތެއްގައެވެ.
މިނިވަން ދުވަހާ ގުޅިގެން މިރޭ ކުޅިވަރުތައް އޮންނާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.
https://twitter.com/MNDF_Official/status/1684870274410557440
މިނިވަން ދުވަހާ ގުޅިގެން އިއްޔެގެ ހަރަކާތްތައް ބާއްވާފައި ވަނީ މާލޭގައެވެ. އެގޮތުން އިއްޔެ ހަވީރާއި ރޭ ވަނީ މާލޭގައި ޕެރޭޑް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރޫޓް މާރޗް އާއި މިލިޓަރީ ޕެރޭޑާއި ސްކޫލު ކުދިންގެ ޕެރޭޑްވަނީ އިއްޔެ ކުރިއަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް