ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ޏ. ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިިދާޅުވީ، ކެމްޕޭނަށް މާދަމާ ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ފުވައްމުލަކު ކެމްޕެއިން ކޯޑިނޭޓަރ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މަޖިލިސް މެންބަރުންނާއި މޭޔަރާއި ފުވައްމުލައް ކެމްޕެއިން ޓީމުގެ މެމްބަރުނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
https://twitter.com/AhmedMahloof/status/1684851452806856704
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީ މި މަހުގެ ކުރީކޮޅު ށ. އަތޮޅުންނެވެ.
އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.
އޭގެ ފަހުން ކ. އަތޮޅުގެ ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ.
އެންމެ ފަހުން އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ހއ. އަތޮޅުގެ10 ރަށަކަށެވެ. އެއީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް