ޕެރޭޑްގައި އެމްއެންޑީއެފްއިން "ޕްރޭމް ޕްރޭމް" ކުޅެފި

މިނިވަން ދު ވަހުގެ އުފަލުގައި އިއްޔެ ބޭއްވި ޕެރޭޑްގައި އެމްއެންޑީއެފްގެ ބޭންޑުން، މިހާރުގެ މަޝްހޫރު "ޕްރޭމް ޕްރޭމް" ލަވަ ކުޅެފިއެވެ. ރާއްޖޭގެ59 ވަނަ މިނިވަން ދުވަހާ ގުޅިގެން އިއްޔެ ހަވީރާއި ރޭ މާލޭގައ...

28 Jul 2023 | 09:45

މިނިވަން ދު ވަހުގެ އުފަލުގައި އިއްޔެ ބޭއްވި ޕެރޭޑްގައި އެމްއެންޑީއެފްގެ ބޭންޑުން، މިހާރުގެ މަޝްހޫރު "ޕްރޭމް ޕްރޭމް" ލަވަ ކުޅެފިއެވެ.

ރާއްޖޭގެ59 ވަނަ މިނިވަން ދުވަހާ ގުޅިގެން އިއްޔެ ހަވީރާއި ރޭ މާލޭގައި ވަނީ ޕެރޭޑް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރޫޓް މާރޗް އާއި މިލިޓަރީ ޕެރޭޑާއި ސްކޫލު ކުދިންގެ ޕެރޭޑްވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

ޕެރޭޑް ބަލާލުމަށްޓަކައި އެކި އުމުރުފުރާގެ މީހުން ވަނީ މާލޭގެ މަގުތަކަށް އެއްވެފައެވެ.

މި ޕެރޭޑް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ. އެގޮތުން ޕެރޭޑް ފެށުމުގެ ގޮތުން ވަނީ ރައީސަށް ރިޔާސީ ކުރުނީހެއް ކުރައްވާފައެވެ.

އިއްޔެގެ ޕެރޭޑްގައި އެންމެ މަޝްހޫރުވީ އެމްއެންޑީއެފް ބޭންޑުގެ ފަރާތުން ކުޅުނު "ލޯމެރި ހިތްއުފާ" ރާގެވެ. މިފަހުން ރާއްޖޭގައި ވަރަށް މަޝްހޫރު އެ ރާގު ކުޅެއް ފެށުމާއެކު ގިނަ ބަޔަކު އުފަލުން ހަޅޭއްލަވަން ފެށިއެވެ. އަދި މިއީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އައިޓަމަކަށް ވިއެވެ.

https://twitter.com/majeed1005/status/1684657368876081160?t=pAtrTCorhXtNFaMnJEswpA&s=19

މިނިވަން ދުވަހުގެ ހާއްސަ ހަރަކާތްތަކާއި ފުޅަނދުބުރު މިރޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް